މިލައުތުރު

ދުނިޔޭގެ ފާޑުކިއުމާއެކު ސައުދީން ވެސް އިންސާނީ އެހީ ޣައްޒާއަށް ފޮނުވައިފި.

ޣައްޒާގެ މުސްލިމުން ބަނޑައްޖެހި އެތައް ސަތޭކަ ބަޔަކު ޝަހީދުވެގެންދިޔަ އިރު، މުސްލިމް ޤައުމުތަކުގެ ބައްޕަ ކަމުގައި ވާންޖެހޭ ސައުދީ އަރަބިއާ އިން ޣައްޒާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާތީ މުޅި ދުނިޔޭގެ ނުރުހުމާ ފާޑުކިއުންތައް ވަނީ އަމާޒު ވެފައެވެ.

ސައުދީގެ އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި ޓްރަކްތައް އެއްވެސް ދަތިކަމެއްނެތި ވަނީ ޣައްޒާއަށް އެތެރެވެފައެވެ. މިކަމުން އެނގެނީ ސައުދީ ފަދަ ޤައުމުތަކުން ޣައްޒާއަށް އަޅާލާނަމަ، މިއަދު އެމީހުން ތަހައްމަލް ކުރަންޖެހިފައިވާ ޙާލަތު އުފަން ނުވާނެކަމެވެ.

މިހާރު ވެސް މިސްރު ބޯޑަރުގައި 20،000 ޓުރަކުގެ ކާބޯތަކެތި ހިފަހައްޓާފައިވެއެވެ. ނަމަވެސް ސައުދީގެ އިންސާނީ އެހީ މިހާރު އެވަނީ ޣައްޒާއަށް އެތެރެ ވެފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ސައުދީން ފޮނުވީ 7 ޓްރަކުގެ އިންސާނީ އެހީއެވެ. އެއީ ވަރަށް މަދު އާއިލާއަކަށް އެއްދުވަހުގެ ޒަރޫރަތްތައް ވެސް ފުއްދައިނުލެވޭނެ މިންވަރެކެވެ.