ދިވެހިރާއްޖޭގެ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލް ތަސްދީގު ކުރެއްވުމާއެކު މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ވާރުތަވެގެން ދާނެއެވެ.
މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައެވެ. ކޮމިޓީ މަރުޙަލާގައި ދިރާސާކޮށް ތަޅުމަށް ފޮނުވަން ފާސްކުރީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހުގައެވެ. މި ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވި ހުރިހާ މެމްބަރުންގެ މަގާމު ވެސް ވަނީ ގެއްލުނީ އެވެ.
މިއަދު ވުޖޫދުވި ގާނޫނުގެ ސަބަބުން ދިވެހިރާއްޖޭގެ ޒަމާންވީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން 20 އަހަރު ފަހަތައް ސޮޮއްސާލީ ކަމުގައި ބައެއް ތަޖުރިބާކާރުން ބުނާއިރު، ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކަށް މިއީ ގައުމަށް ލިބުނު ނަސްރާ ނަސީބެކެވެ.
ރައީސް ވިދާޅުވީ ހަގީގަތާ އެއްގޮތަށް ކޮންމެ އެއްޗެއް ވެސް ލިޔެވޭނެ ކަމަށެވެ. އެހެންކަމުން ގޮދު ހަދަންޏާ އެވާހަކަ ލިޔުމަކަށް ހުރަހެއް ނެތެވެ. ކޮރަޕްޝަން ހިންގީމާ އެވާހަކަ ވެސް ލިޔަންވީ އެވެ. އެހެންކަމުން މި ގާނޫނުގެ ނިވާފަތްގަނޑުގައި ތިބެގެން ވައްކަން ކުރުމުގެ ފުރުސަތެއް ނެތެވެ.
މީޑިއާތަކުން ވެސް ރައްޔިތުން ބޭނުންވާ ގޮތަށް އިޚްލިޔާރު ކުރަންވާނެ އެވެ. ނޫސްވެރިންގެ ބައެއް ޒިންމާތައް ރައްޔިތުން އަދާކުރައްވަ އެވެ. ކޮންމެ ރައްޔިތަކީ މިއަދު ނޫސްވެރިއެކެވެ. ރިޕޯޓަރެކެވެ.
ކިޔުންތެރިންގެ ހިޔާލު