އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ، ޕީޖީ އޮފީހުން އަނބުރާ ގެންގޮސް އޭނާއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި އެވެ.
މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓުގެ މަގާމުގައި މިހާރު ހުންނެވި އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އާތިފް އެދިވަޑައިގަތުމުން ކަމަށް ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި ޕީޖީ އެއްބަސްވުމެއް ހެދީ ތިން އަހަރުގެ މުއްދަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފިއްޔާ އެ ކުށާއި މަނީލޯންޑަރިންގެ ކުށާއެކު ދައުވާއާ އެކު އަލުން ޝަރީއަތަށް ހެޅޭނެއެވެ.
މަނީލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކުރި ނަމަވެސް ޕީޖީ އޮފީހުން އާތިފަށް ނަސޭހަތް ދޭން ނިންމައި، ނަސޭހަތުގެ އެއްބަސްވުމެއްގައި އޭނާއާ އެކު ސޮއިކޮށް އެ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ކޯޓަށް ސިޓީ ފޮނުވާފައިވާތީ، ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު