މިލައުތުރު ފުޓްސަލް މުބާރާތް: ކަނޑިތީމުން 9 އެތިފަހަރުން ކޮމަންޑޫ ބަލިކޮށްފި.

މިލައުތުރު | 14 އޮކްޓޯބަރ 2025 | ކުޅިވަރު

މިހާރު ކުރިއަށްދާ މިލައުތުރު ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިއަދު ހަވީރު ކޮމަންޑޫ އާ ދެކޮޅަށް ކަނޑިތީމުން ކުޅުނު މެޗު 9 – 0 ގެ ބޮޑު ތަފާތަކުން ކަނޑިތީމު ކާމިޔާބު ކޮށްފި އެވެ.

މިއީ މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި އަދި އެންމެ ތަފާތު ބޮޑު ނަތީޖާ ފެނިގެންދިޔަ މެޗެވެ. ނަމަވެސް ކަނޑިތީމު ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފީވައް އަތްދޮށުން މޮޅު ވެވޭގޮތެއް ނުވިއެވެ. އެ މެޗް ނިމުނީ 1 – 1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. އެހެން ނަމަވެސް ކޮމަންޑޫ ޓީމުން ވަނީ ފީވައް 4 – 2 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

Advertisement

މިއަދުގެ މެޗުގެ ނަތީޖާއިން ކަނޑިތީމު ޓީމަށް ތަށި ދިފާއުކުރުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.