ށ. ކޮމަންޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ހުވަފެންކަމުގައިވާ ޑޮމެސްޓިކް އެއާރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއްޖެ އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮމަންޑޫ އަށް ވަޑައިގެންނެވެ. ކޮމަންޑޫ އެއާރޕޯޓް ތަރައްޤީކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ ގައުމީ އެއާރޕޯޓް ކުންފުނިކަމުގައިވާ އެމްއޭސީއެލާ އެވެ.
މިކަމަށްޓަކައި މިއަދު ކޮމަންޑޫގައި އޮތް ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ބަންޑް ވޯލް ޖެހުމަށް ފަހު ހިއްކަންޖެހޭ 48.8 ހެކްޓަރުގެ ބިން، މިއަދުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ހިއްކުމުގެ މަސައްކަތް ނިންމައި، މިއަދުން ފެށިގެން 30 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށް ޚިދުމަތަށް ހުޅުވާލައްވާނެ ކަމަށެވެ.
މިކަމުގެ ކްރެޑިޓް އެންމެ ޙައްޤު އެއް ފަރާތަކީ ކޮމަންޑޫ ދާއިރާގެ ހިންގުންތެރި މެންބަރު މުޙައްމަދު އިބްރާހީމެވެ. މަޖިލީހުގައި އެންމެ ފަހަރަކު ވެެސް މައިކު އޮންކޮށް ނުލައްވާތީ، ފާޑުކިއުންތައް އަމާޒުވެފައިވާ މެންބަރު އެންމެ ފަހުން މުޅި ކޮމަންޑޫ ހެއްވާލައިފި އެވެ. އަދި ޚަބަރުތައް ލިބޭގޮތުގައި މި ބިޔަ މަޝްރޫޢަށް ބޭނުންވާ އިންވެސްޓްމަންޓް ހޯއްދެވީ ވެސް ޚުދު އެމަނިކުފާނެވެ.
ކިޔުންތެރިންގެ ހިޔާލު