ކަނޑިތީމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަމީން ފައިސަލް މިހެން ވިދާޅުވީ، ރަސްމީ ސިފައެއްގައި ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށިތާ 34 އަހަރު ފާހަގަ ކުރުމަށް އެ ކޮމިޝަނުން ޖެހި ޕޯސްޓެއް ޙިއްސާކުރައްވާ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓުގައެވެ.
މިފަހަކަށް އައިސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމާޒުވާ ފާޑުކިއުންތައް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ނުބަލާ ދޫކޮށްލާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ. އަދި ތަޙުޤީޤު ކުރަނީ މަސްލަޙަތެއް އޮންނަ މައްސަލަތެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ.
ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އޮންލައިންކޮށް މައްސަލައެއް ހުށަހަޅައިފި ނަމަ، އެމީހެއްގެ ވަނަވަރު ހާމަވެގެންދާ ކަމަށާއި، ބަލާނީ ވެސް ހިތަށް އެރި މައްސަލައެއް ހިތަށް އެރި ދުވަހަކުން ކަމަށެވެ. އެހެން ކަމުން އޭސީސީއަށް ކުރި އިތުބާރު ގެއްލިއްޖެ ކަމަށާއި، އެއީ ޤައުމަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.
ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފެށިތާ 34 އަހަރު ފުރުނީ އިއްޔެގައެވެ.


ކިޔުންތެރިންގެ ހިޔާލު