ރަޝިޔާ އާއި އީރާނުން 20 އަހަރު ދުވަހުގެ ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފި.

މިލައުތުރު | 26 އޭޕްރީލް 2025 | ޚަބަރު

އީރާނާ އެމެރިކާ އާއި ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް، ރަޝިޔާއާ އެކު ފިޔަފާރީގެ ދާއިރާގެ އިތުރުން އަސްކަރީ އެއްބާރުލުން ދިނުމާގުޅޭ 20 އަަހަރުގެ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

ތެހެރާނާ މޮސްކޯގެ ގުޅުން ރަނގަޅުވެ، އިޤްތިޞާދީ އަދި އަސްކަރީ ޤާބިލްކަން އިތުރު ކުރުމުގެ ދާއިރާއިން ވެސް ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުމާ ބައިވެރިވުން އިތުރު ކުރުމަށް މި އެއްބަސްވުމުގައި ބާރުއަޅާފައި ވެއެވެ. އެެހެންކަމުން މިއީ އީރާނުން ނިއުކްލިއަ ހަތިޔާރު ފައްކާކުރުމަށް ކުރަމުން ގެންދާ މަސައްކަތް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

Advertisement
Advertisement

ޗައިނާ އާއި ރަޝިޔާ އާއި އީރާންގެ ގުޅުން ވަރުގަދަވަމުންދާތީ، އެމެރިކާ އާއި ޔޫރަޕްގެ ޤައުމުތަކުން ވަރަށް ކަންބޮޑުވެއެވެ. ނަތީޖާއެއްގެ ގޮތުން އިންޒާރުތައް ދިނުމަށް ފަހުގައި ވެސް، އެމެރިކާއިން އަސްކަރީ ޙަމަލާ ނުދޭނެކަމަށް ތަކުރާރުކޮށް ބުނެފިއެވެ. އެހެނީ އީރާން އޮތީ އެކަނި ނޫންކަމާ ދުނިޔޭގެ ގަދަ ބާރުތަކެއް ވެސް ފަހަތުގައި އޮތްކަން ކަށަވަރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.