ރައީސް ނަޝީދުގެ އުފަންދުވަސް: ކުރު 3 އަހަރުގެ ވެރިކަމުގައި ޙާޞިލް ކުރެއްވި ލަނޑުދަނޑިތަކުގެ ލިސްޓެއް ސޯޝަލް މީޑިޔާއަށް

މިލައުތުރު | 17 މޭ 2025 | ޚަބަރު
2

މިއަދަކީ ރައީސް ނަޝީދުގެ އުފަންދުވަހެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ކުރު 3 އަހަރު ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި ހެޔޮ ބަދަލުތަކުގެ ލިސްޓެއް ސޯޝަލް މީޑިޔާގައި ވައިރަލް ވެއްޖެއެވެ. އަދި އުފަންދުވަހުގެ ހެޔޮ އެދުންތަކުން މުޅި ސޯޝަލް މީޑިޔާ ވަނީ ގުގުމާލާފައެވެ.

ޙާޞިލް ކުރެއްވި ލަނޑުދަނޑިތައް:

Advertisement
Advertisement

‏- އެކަނިވެރި މައިންނަށް އެލަވަންސް ދޭންފެށި.

‏- އާސަންދަ ، ހިލޭ ބޭސްފަރުވާ ދޭންފެށި.

‏- އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭންފެށި.

‏- ނުކުޅަދުންތެރި ފަރާތްތަކަށް އެލަވަންސް ދޭންފެށި.

‏- ސުކޫލް ކުދިންނަށް ހިލޭ ފޮތް ފަންސުރު ދޭން ފެށި.

‏- އޯލަވެލްފީ ސަރުކާރުން ދައްކަން ފެށި.

‏- ސުކޫލް ކުދިންނަށް އިންޓަވަލް ދޭންފެށި.

‏- 9 މަސްތެރޭގައި ނިންމަން 1900 ހައުސިންގް ޔުނިޓް.

‏- 5 އަހަރު ތެރޭގައި ނިންމަން 10000 ހައުސިްންގެ ޔުނިޓް.

‏- އޯލަވެލް ޕާސް ރޭޓް %27 އިން %46 އިތުރުކުރި.

‏- ސްމާރޓް ކްލާސް، ސުކޫލްތަކަށް ވައިފައި، އަދި ބެލެނިވެރިންނަށް SMS އދި Email ގެ ޒަރިއްޔާއިން ސުކޫލް އަޕްޑޭޓްސް ލިބޭގޮތް ހެދި.

‏- 2009 ވަނަ އަހަރު ހިރިޔާ ސުކޫލް އދި 2010 އަހަރު ގިޔާސުއްދީން ސުކޫލް ނިންމި.

‏34 މިސްކިތް 3 އަހަރު ތެރޭގައި އެޅި.

‏- އެއްސެޝަނަށް ކިޔާވާ ދިނުމުގެ މަސައްކަތް ފެއްޓެވި.

‏- ކިޔާވާ ދިނުމުގެ ކޮލިޓީ ކޮންޓްރޯލް ކުރާނެ މޮނިޓަރިން އިންޑިކޭޓަރސް ތަކެއް އުފެއްދި.

‏- ހަޔަރ އެޑިޔުކޭޝަންއަށް ދާން ބޭނުން ނޫންކުދިން ތަމްރީން ކުރާނެ ވޮކޭޝަނަލް ސެންޓަރ ތަކެއް އުފެއްދި.

‏- ސުކޫލް ބޯޑްތަކުގެ ގައިޑްލައިނެއް ހެދި.

‏- 2011 ވަނަ އަހަރު ކޮންމެ ހަފްތާއަކު ސަރުކާރުގެ ހަރަުދުކުރި ގޮތް ފެންނަގޮތަށް ހެދި.

‏- ޕަބްލިކް އެކައުންޓް ސިސްޓަމް ތައާރަފްކުރި.

‏- 120ރ މިލިއަން ގެ ސޭވިންގެ ސްކީމް.

‏- 7.6 މިލިއަން ޑޮލަރ ކިޔާވާކުދިންނަށް ލޯނު.

‏- BPT އަދި GST ތައާރަފްކޮށް ދައުލަތުގެ އާންމްދަނީ އިތުރުކުރި.

‏- ދައުލަތުގެ އާންމްދަނީ ހަމައެކަނި އިމްޕޯޓް ޑިއުޓީއަށް ބަރޯސާވެފައި އޮތުމުގެ ބަދަލުގައި ޓެކްސް ބޭސް ފުޅާކުރި.

‏- ދައުލަތުގެ ކުންފުނިތައް އިތުރަށް ތަރައްގީ ކުރުމަށް ޕްރައިވަޓައިޒް ކުރި.

‏- ސަރުކާރުގެ ބައެއް ސުކޫލްތައްވެސް ޕްރަިވަޓައިޒް ކޮށް އިންޓަރނޭޝަލް ސުކޫލްތަކަށް ހުޅުވާލި.

‏- ޕްރައިވަޓައިޒް ކުރުމުގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ހަރަދާއި އިސްރާފް ކުޑަވި، އަދި ސަރވިސް ކޮލިޓީ ރަނގަޅުވި.

‏- ސިވިލްސަރވިސް 33000 އިން 18000 އަށް ކުޑަކޮށް ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗަރ އަދި އިސްރާފް ކުޑަކުރި.

‏-2008 ގައި ދައުލަތުގެ ބަޖެޓް ޑެފިސިޓް %30 އިން 2011 ނިމުނު އިރު %10 އަށް ކުޑަކުރި.

‏- ދަތުރު ފަތުރުގެ ނިޒާމް ގާއިމްކުރި.

‏- 2009 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފްކުރި.

‏- 22899 ބެޑް ޓޫރިޒަމްއަށް އިތުކުރުމަށް އަމާޒް ހިފި.

‏- ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލޯނު ދިނުމަށް މެނިފެސްޓޯގައި ލިޔުނު.

‏-10 އަހަރު. ތެރޭގައި ދިވެހިރާއްޖެ ކަރބަން ނިޔުޓްރަލް ގަމަކަށް ހެދުމަށް އަމާޒް ހިފި.

‏- 2009 އަންޑަރ ވޯޓަރ ކެބިނެޓް މީޓިން އެެއްބާއްވައި ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ އަސަރު ދުނިޔޭގެ ސަމާލުކަމށް ގެނައި.

‏- ސޮވެރިން ވެލްތް ފަންޑެއް އުފެއްދި.

އަދި މިނޫން ވެސް މުހިންމު އެތައް ކަމެއް ޙާޞިލުކުރެއްވި ކަމަށް އުފަންދުވަހުގެ ހެޔޮ އެދުންތަކާއެކު ސަޕޯޓަރުން ގެންދަނީ ޙިއްސާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

M Moosy
Dhivehinnakee jeebah e vaguthu vanna fassatheykah vikey bayeh. Baakeevmeehunah hakuru boane 200 dhenikoh e nimunee. Miee MAG ge tharaqqee ge plan.
ޢ ޢަޒީޒު އާދަމް.... ސޯޝަލް މީޑިއާގެ މީހެއް
ޑޮމެސްޓިކް އެއާޕޯޓްތައް އެޅިއެވެ..އެތައް ރަށެއްގެ ބިންހިއްކިއެވެ.. އެވާހަކަތައް މީގައި ނެތެވެ... ވީމާ ، އެބައި ެ އިތުރު ކޮށްލާށެވެ.