މި އަހަރުގެ ޙައްޖު ދުވަހަކީ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައެޅުމާ ގުޅިގެން ޢީދު ބަންދުގެ ގޮތުގައި ކަލަންޑަރުގައިވާ ބަންދު ދުވަސްތަކުގެ އިތުރުން އެއްވެސް ދުވަހެއް ބަންދު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ކުރި އުންމީދު މުޅިން އަޅިއަށް ވެއްޖެއެވެ.
މި ނިންމުމާ ގުޅިގެން ޢީދު ހަފުތާގައި ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނީ ޖޫން މަހުގެ 8 ވަނަ ދުވަހާ 9 ވަނަ ދުވަސް އެކަންޏެވެ. އެހެނީ ޙައްޖު ދުވަސް ވަނީ ބުރާސްފަތި ދުވަހަކަށް ކަމުގައިވާތީ، ޢީދުގެ ފުރަތަމ ދެ ދުވަސް ކަމުގައިވާ 6 ވަނަ ދުވަހާ ދުވަސް ވަނީ ހަފުތާ ބަންދު ދެ ދުވަހަށެވެ. އެހެން ކަމުން ޢީދު ބަންދަށް ފަހު 10 ޖޫން 2025 ގައި އެންމެން ވެސް އޮފީހަށް ނިކުންނަން ޖެހޭނެއެވެ.
އެހެން ނަމަވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ވަރަށް ގިނަ މީހުން އަދި ވަކިން ޚާއްސަކޮށް މާލޭގައި ވަޒީފާ އަދާކުރާ މީހުން ތިބީ ވަރަށް ފޮނި އުންމީދުގައި އޮފީހަށް ނިކުންނަންޖެހޭނީ 15 ޖޫން ކަމުގައި އަންދާޒާކޮށް ޓިކެޓްތައް ވެސް ނަގައިގެންނެވެ. ވީމާ މިފަހަރު ހަމަ އެންމެންނަށް ވެސް ލިބޭނީ ކޮޅުކެހިތާއެވެ.


ކިޔުންތެރިންގެ ހިޔާލު