ދެ އަހަރު ދުވަސްތެރޭގައި ޣައްޒާ ހަނގުރާމައިން އިޒްރޭލް ބަލިވާނެ – ޔަހޫދީ އެނަލިސްޓެއް

އުސްތާޛް ޒަކީ | 20 ސެޕްޓެމްބަރ 2025 | ރިޕޯޓު

އިޒްރޭލަކީ ދެވަނަ ބޮޑު ހަނުރާމައިން އުފެދުނު އަޅީގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ކަމަށާއި، އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުގެ ވަކި މިންވަރެއްނެތް އެހީތެރިކަމާއެކު ވެސް ކުރަމުން ގެންދާ ހަނގުރާމައިގާ ފެންނަނީ ވެއްޓެމުންދާތަން ކަމަށާއި، ޣައްޒާ ހަނގުރާމަ ކާމިޔާބުކުރާނީ ހަމާސް ކަމަށް ޔަހޫދީ އެނަލިސްޓަކު ލަފާކޮށްފި އެވެ.

އޭނާގެ ހޯދުންތަކުގެ އަލީގައި ބުނެފައިވަނީ، އިޒްރޭލުން ކުރަނީ އަގު ބޮޑު ހަނގުރާމައެއް ކަމަށާއި، ހަމަ އެކަނި ބާރު ގަދަ ހަތިޔާރުން ކާމިޔާބު ކުރެވޭތަން ނުފެންނަ ކަމަށާއި، ދެ އަހަރެއްހާ ދުވަސްތެރޭގައި އިޒްރޭލް ވެއްޓި ޔަހޫދީންގެ މައްޗަށް ފަލަސްޠީނުގެ މުޖާހިދުން ނަސްރު ހޯދާނެ ކަމަށެވެ.

Advertisement

މިއީ އިޒްރޭލްގެ ރައްކާތެރިކަމާ ގުޅޭ ހަނގުރާމައެއް ތޯ ނޫނީ ސިޔާސީ މަޤުޞަދެއްގައި ކުރާ ހަނގުރާމައެއް ތޯ ސުވާލު އުފެދޭ ކަމަށެވެ. އިޒްރޭލާއެކު އެމެރިކާއިން ފަށާފައިވާ ޒަޔަނިސްޓް މަޝްރޫޢަށް ކާމިޔާބު ލިބުމަކީ މުސްތަޙިއްލު ކަމެއް ކަމަށާއި، ދުނިޔޭގެ އެންމެ ގިނަ ބަޔެއްގެ ނަފުރަތު ލިބޭ ޤައުމަކަށް އިޒްރޭލް ވެއްޖެ ކަމަށެވެ.

މުޅި ޣައްޒާގެ އުމްރާނީ ތަރައްޤީ ފުނޑު ފުނޑު ކޮށް ސުންނާފަތި ކޮށްލުމުން ވެސް ހަމާސްގެ ބާރު ދަށްވާތަނެއް ނުފެންނަ ކަމަށާއި، އެމީހުން ހިންގަނީ ލޮލަށް ނުފެންނަ ވަންހަނާ ވެފައިވާ ދައުލަތެއް ކަމަށެވެ. އިޒްރޭލުން އަޅާ ބޮންތަކުން ހަމާސްގެ ޖަމާޢަތަށް ކުރާ މާބޮޑު އަސަރެއް ނެތް ކަމަށާއި، ޝަހީދުވަމުން ދަނީ މައުސޫމް އާންމު ރައްޔިތުން ކަމަށެވެ. އިންސާނީ ދަރިފަސްކޮޅެއް ނައްތާލާފައި އެހެން ހަޟާރަތެއް ކުރިއަރައިގެން ދިއުމަކީ ވުމަށް ވުރެ، ނުވުން ގާތް ކަމެއް ކަމަށެވެ.

ހަނގުރާމައިގާ ބައިވެރިވާ ސިފައިންގެ ނަފުސާނީ ދުޅަހެޔޮކަށް ނެތި ބިރުން ރޯންތިބުމާއި އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރު ވެއްޖެ ކަމަށާއި، ވަޒަންވެރި ކުރުވި އާއިލާތައް ވެސް ބިރުން ދުވަންޖެހިފައިވާ ކަމަށާއި، ރައްޔިތުން ތިބީ ވާނުވާ ނޭނގޭ ފަދަ މަސްތީ ޙާލަތެއްގައި ކަމަށާއި، ވަޒީރުންތައް ހަޅޭއްލަވާ އަޑު ގަދަވެއްޖެ ކަމަށާއި، ނަތީޖާއެއް ނުފެންނަ ކަމަށެވެ.

ޣައްޒާގައި ޝަހީދުވާ މައުސޫމް ރައްޔިތުންގެ އަދަދަކީ އިޒްރޭލަށް ލިބޭ ކާމިޔާބެއް ނޫން ކަމަށާއި، އެއީ އިޒްރޭލްގެ ޔަހޫދީ ދައުލަތުގެ ބަދުނަސީބު ކަމަށެވެ. ސިޔާސީ މަޤްޞަދެއްގައި އެއީ ޖަނަވާރުންކަމުގައި ބުނެ ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް އިންސާނުންގެ ހިތަށް އެކަން ތަސައްލީއަކަށް ނުވާނެ ކަމަށެވެ. ޣައްޒާ ހަނގުރާމައިން މާލީ ނަފާ ލިބެނީ އެމެރިކާއަށް ކަމަށާއި، ފަލަސްޠީނުގެ ބިމުގައި ހަޔޫދީން ވަޒަންވެރި ކުރުމަށް ހިންގާ މަޝްރޫޢު ކާމިޔާބު ނުވާނެ ކަމަށާއި، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޒަޔަނިސްޓް ދައުލަތް ވެއްޓި، ބިމުގެ ޙަޤީޤީ އަހުލުވެރިންނަށް އަނބުރާ ލިބޭނެ ކަމަށެވެ.

ވަގު ކުޑަތަން ވެއްޖެ ކަމަށާއި، ހުރިހާ ޔަހޫދީން އެކަތިގަނޑަކަށްވެ، އަނިޔާވެރިކަން ނުހުއްޓުވައިފިނަމަ، ދެން ފެންނާނީ އެންމެ ދެކެން ބޭނުންނުވާ މަންޒަރު ކަމަށާއި، ޒަޔަނިސްޓް ދައުލަތް އަޅިކޮޅެއް ފަދައިން ބުރައިގެންދާ ތަންކަމަށެވެ.

ނޯޓް: މިއީ އެމެރިކާގެ ޔަހޫދީ އެކްޓިވިސްޓެއް ކަމަށްވާ ސުހައިރު ނާފަލް، ޔަހޫދީ އެނަލިސްޓަކާ ޙަވާލާދީ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.