ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ނަސްރުގެ ދުވަހުގެ ޚާއްސަ ޝަރަފުގެ އައްޑަނަ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް އަރުވައިފި އެވެ.
ޝަރަފުގެ އައްްޑަނަ އެމަނިކުފާނަށް އެރުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިއީ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މޭސްތިރިކަމުގެ ދަށުން ސްރީ ލަންކާގެ ޕްލޯޓް (ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް) ގެ ޓެރަރިސްޓުންގެ ބަޔަކާއެކު މާލެ އަރައި މީގެ 37 އަހަރު ކުރިން ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން ދިވެހިރާއްޖެ ސަލާމަތްކޮށް، ނަސްރު ހޯދައި ދިނުމަށް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަންްކޮށް ސަރުކާރުން އެރުވި ޚާއްސަ އައްޑަނައެކެވެ.
															

                                                                
                                                                
                                                                
                                                                
ކިޔުންތެރިންގެ ހިޔާލު