ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު- 2025 ގެ ފުޓްސަލް ކިންގަކީ ފޯކައިދޫ އަޙްމަދު ޝަމާލް!

މިލައުތުރު | 20 ނޮވެމްބަރ 2025 | ކުޅިވަރު

ކުލަބު މޯލްޑިވްސް އިން އިންތިޒާމުކުރި ސެކްޓަރ ލީގު 2025 ގެ ފުޓްސަލް ކިންގަކަށް އެރީނާގެ ޖޯޒީ ނަންބަރު 7 އަޙްމަދު ޝަމާލް ހޮވިއްޖެ އެވެ.

Advertisement

ސެކްޓަރ ލީގުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ހޯކްސް އާއި އެރީނާ ހޮޓެލްސް އެވެ. ފައިނަލް މެޗް 1 – 0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެކްޓަރ ލީގުގެ ފުރަތަމަ އެޑިޝަންގެ ޗެމްޕިއަންކަން ހޯދީ އެރީނާ އެވެ. އަދި ސެކްޓަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔަކަށް ހޮވުނީ ށ. ފޯކައިދޫއަށް އުފަން ޒުވާން ކުޅުންތެރިޔާ އަޙްމަދު ޝަމާލެވެ.

ސެކްޓަރ ލީގުގައި ކުޅުނު މެޗުތަކުގައި މޮޅުކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވާ ޝަމާލު ސެކްޓަރ ލީގު ނިންމާލީ ސެކްޓަރުގެ ގަދަ 5 ގެ އެއްވަނައިގާ ނަން ވިދުލާވާލުމަށް ފަހު ގައެވެ.

މިއަހަރުގެ މިލައުތުރު ފުޓްސަލް މުބާރާތުގައި ފޯކައިދޫ އެފްސީއަށް ކުޅެފައި ވެއެވެ. ކުއާޓާރ ފައިނަލުން ފޯކައިދޫ ކެޓުމާއެކު އޭނާއަށް މަލާމާތާ ފުރައްސާރަ ރައްދުވިއެވެ. އެދުވަހު އޭނާއަށް މަލާމާތްކުރި ފަރާތްތަކަަށް މިއަދު އޭނާގެ ޖަވާބު ވަރަށް ވެސް ފުރިހަމަ އެވެ. އޭނާއަކީ ދިވެހިރާއްޖޭގެ ފުޓްސަލް ކިންގެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.