ބޭސްފޯރުކޮށް ނުދެވޭތީ އާސަންދަ އާއި އެސްޓީއޯ މަޖިލީހަށް ހާޒިރުކުރަނީ

ޝާން މުޙައްމަދު | 23 ޑިސެމްބަރ 2025 | ޚަބަރު

އާސަންދަ އާއި އެސްޓިއޯ އިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ވަރަށް އަދި ބައެއް ބޭސްތައް އެއްގޮތަކަށް ވެސް ފޯރުކޮށް ނުދެވޭ މައްސަލަ ބެލުމަށްޓަކައި އެ ދެ ކުންފުނީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިކުރަން އެދެފިއެވެ.

މި ދެ ކުންފުނި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މިއަދު އެދިވަޑައިގެންފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް
ރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުން ފެށިގެން ޑޮކްޓަރުން ދޭ ބޭސް، އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބެއެވެ.

Advertisement
Advertisement

ކުޑޫ ވިދާޅުވީ ބައެއް ބޭސް އެސްޓީއޯއިން ގަންނަން ވެސް ނުލިބޭ މައްސަލަ އާއްމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށެވެ. އަދި ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖެއިން ނުލިބޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ސިޓީގައި ކުޑޫ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް ބޭސް ނަގަމުންދާ ފަރާތްތަކަށް ބޭސް ނުލިބުމުގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދޮ ޑޮކްޓަރު ލިޔެދޭ ބޭހުގެ ޑޯޒް ހަމައަށް ނުލިބުމުގެ މައްސަލަ ވެސް މިހާރު އާއްމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއިމީ ބޭސް ބޭނުންކުރާ ފަރާތްތައް، ހަކުރު، ކެންސަރު އަދި ލޭގެ ޕްރެޝަރުގެ ބަލި މީހުންނަށް ބޭސް ލިބުން ދަތިވެފައިވާކަން ފާހަގަކުރަ
އްވައި، މެންބަރު ކުޑޫ ވިދާޅުވީ މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި، އަދި ކޮވިޑް ވަބާގެ ތެރޭގައިވެސް ދިމާވި މައްސަލައެއް ނޫން ކަމަށެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ނަމަވެސް، މިހާތަނަށް އެއްވެސް ހައްލެއް ނުލިބިވާތީ، އޭނާ ވަނީ މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.

އަދި، މިކަމުގެ ހަގީގަތް ހޯދުމަށް އާސަންދަ އަދި އެސްޓީއޯގެ ކަމާބެހޭ ބޭފުޅުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކުރުމަށްވެސް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.