ޕެންޝަން އޮފީހުން ވެސް އުޅުނީ ބަޣާވާތެއް ކުރަން – ޕީއެންސީ ސަޕޯޓަރުން

މިލައުތުރު | 6 ފެބްރުއަރީ 2026 | ޚަބަރު

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން މުހައްމަދު މާދިން ލަތީފު ވެސް އިސްތިއުފާ ދެއްވިކަން އިޢުލާން ކުރުމާއެކު ޕީއެންސީގެ ބައެއް ސަޕޯޓަރުން ބުނަން ފެށީ ޕެންޝަން އޮފީހުން ވެސް އުޅުނީ ބަޣާވާތެއް ކުރަން ކަމަށެވެ.

ޕެންޝަން އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައި ޕެންޝަން ބޯޑަށް އައްޔަން ކުރެއްވި މާދިން ވެސް ވަނީ އިއްޔެގައި އިސްތިއުފާ ދެއްވާފައެވެ. އޭގެ ކުރިން ވެސް ދެ މެންބަރެއް އިސްތިއުފާ ދެއްވާފައިވަނިކޮށް، ބޯޑުގެ ޗެއާޕާރސަން ޑރ. އިނާޒު އާއި ސީއީއޯ ވެސް ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

މި ހުރިހާ ބޭފުޅުން ވެސް އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް ގަތުމުގެ މަސައްކަތް ޕެންޝަން އޮފީހުން ކުރަމުންދާތީ ކަމަށް ވެއެވެ. އެހެން ނަމަވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އެކަން ވެސް ވީ ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.