މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގާ އީރާނުން ފޮނުވާ މިސައިލްތައް އަރާ އިޒްރޭލްގެ ގެތައް ހަލާކުވުމާއެކު ދެން އެތަން ތަނަށް އެންމެ އަވަހަށް ވަންނަނީ ވަގުން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އިޒްރޭލްގައި ހަލާކުވެފައިވާ ގެތަކާއި އެޕާޓްމަންޓުތަކަށް ވަގުން ވަދެ ފައިސާ އާއި އަގުބޮޑު މުދާތައް ލޫޓުވަމުން ގެންދާތީ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެތައް ބަޔަކު މިހާރު ވަނީ ހައްޔަރު ވެސް ކޮށްފައެވެ. އެހެންކަމުން އީރާނުގެ މިސައިލްތަކަށް ފާރަވެރިވާ ފަދައިން ޙަމަލާތައް އެރުމާއެކު ވަގުންގެ ހަރަކާތްތަކަށް ވެސް ފާރަވެރިވާން ވަނީ ޖެހިފައެވެ.
ޣައްޒާގެ ގެތަކަށް ޙަމަލާދިނުމަށް ފަހު އިޒްރޭލް ސިފައިން ވެސް ވަނީ ފައިސާ އާއި ރަނާއި ރިއްސާއި އެހެނިހެން އަގުބޮޑު މުދާތައް ލޫޓުވާފައެވެ.
ކިޔުންތެރިންގެ ހިޔާލު