އީރާންގެ އާ ސުޕްރީމް ލީޑަރަކަށް އާޔަތު ﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ

މިލައުތުރު | 9 މާރިޗު 2026 | ޚަބަރު

އީރާންގެ އާ ސުޕްރީމް ލީޑަރުގެ މަޤާމަށް ޝަހީދު އާޔަތު ﷲ ސައްޔިދު ޢަލީ ޚާމަނާއީގެ ދަރިކަލުން އާޔަތު ﷲ ސައްޔިދު މުޖުތަބާ ޚާމަނާއީ އީރާނުގެ ތަޖުރިބާކާރުންގެ ދަރުބާރުން އިންތިޚާބު ކޮށްފި އެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އިރާންގެ އެންމެ ދުވަސްވީ ސުޕްރީމް ލީޑަރ ޝަހީދުކޮށްލީ އެމެރިކާ އާއި އިޒްރޭލްގެ ވަރުގަދަ އުދުވާނީ ޙަމަލާއެއްގައެވެ. ސުޕްރީމް ލީޑަރ ޝަހީދުވި ޙަމަލާގައި މުޖުތަބާ ޚާމަނާއީގެ ބައްޕަ އާއި، މަންމަ އާއި، އަނބިމީހާ އާއި، ދަރިފުޅާއި، އަންހެން ކޮއްކޮ އާއި، ކޮއްކޮގެ ދެ ދަރިންނާއި، ފިލިކަލުން ވަނީ ޝަހީދުވެފައެވެ. އަދި މިހާރު ވެސް ކެނޑިނޭޅި ވައިގެ ޙަމަލާތައް ދެމުން ގެންދާ ދަނޑިވަޅެއްގައި ސުޕްރީމް ލީޑަރެއް ހޮވުމުގެ މަސައްކަތަކަށް ވެސް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އެމެރިކާގެ ޖައްބާރު ރައީސް ބުނެފައިވަނީ އޭނާގެ ރުހުންނެތް މީހަކު ސުޕްރީމް ލީޑަރުކަމަށް އައްޔަނުކޮށްފި ނަމަ އަނެއްކާ ވެސް ޝަހީދުކޮށްލާނެ ކަމަށެވެ. އެހެންކަމުން މުޖުތަބާ ޚާމަނާއީ އަށް އޮތީ ބިރުވެރި ދުވަސްތަކެއް ކަމަށް ބައެއް މީހުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.