އދ. ގައި ދިވެހިރާއްޖެއިން ޔަހޫދީންނާއި ޔަހޫދީންނަށް ވާގިވެރިވާ އަރަބި ގައުމުތަކުގެ ދިފާއުގައި ވާހަކަދައްކައިފިއެވެ.
މިއަދު ޖެނީވާގައި ކުރިޔަށް ދިޔަ އދ. ގެ ނޭޝަންސް ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ޖަލްސާގެ 44 ވަނަ ބައްދަލުވު
މުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދު ވިދާޅުވީ މެދުއިރުމަތީގެ ސަރަހައްދުގައި އަސްކަރީ ހަމަނުޖެހުން އިތުރުވަމުންދާތީ ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.
މި ޖަލްސާގައި ދިވެހި ސަރުކާރުން ވަނީ މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގައި އީރާން ކުށްވެރިކުރާ މޭރުމުން ވާހަކަ ދައްކާފައެވެ. އަދި މި ޖަލްސާގައި ރާއްޖެއިން ގޮވާލެއްވީ އީރާނުން ދެމުންދާ
ޙަމަލާތައް ވަގުތުން ހުއްޓާލުމަށެވެ.
ރާއްޖެއިން ބުނީ ހަނގުރާމައިގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކަށް ގެއްލުންލިބެމުންދާ ކަމަށެވެ. ހަމަލާތަކުގެ ސަބަބުން ގައުމުތަކުގެ އުމްރާނީ ތަރައްގީއަށް އަސަރުކުރަމުންދާކަންވެސް ރާއްޖެއިން ފާހަގަ ކުރެއްވިއެވެ.
ރާއްޖެއިން ބުނީ އީރާނުން ސައުދީ އަރަބިއްޔާ، ގަތަރު، ކުވައިތު، ބަހްރެއިން، އޯމާންގެ އިތުރުން ޖޯޑަން އަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު