ބަލި ގަބޫލުކޮށްފިން، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނަން: ރައީސް މުއިއްޒު

ޝާން މުޙައްމަދު | 5 އޭޕްރީލް 2026 | ޚަބަރު

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގެންފި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ މި އިންތިހާބުގެ ވަގުތީ ނަތީޖާއިން ސަރުކާރު ހިންގާ ޕީއެންސީ ބޮޑު ތަނުން ބަލިވުމާއި ގުޅިގެންނެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ ބޮޑު މެޖޯރިޓީވެސް ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓުންކަން ފާހަގަ ކުރެވެއެވެ.

”މި
އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ދަންނަވަން. ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.“ ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ މުޅި ރާއްޖެއިންވެސް މިހާރު ލިބިފައިވާއިރު އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އުފާފާޅުކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.