ހއ. ހޯރަފުށިން ވެސް ވެރިކަންކުރާ ޕީއެންސީއަށް ބޮޅެއް!

މިލައުތުރު | 6 އޭޕްރީލް 2026 | ސިޔާސީ

ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހއ. ހޯރަފުށިން ވެސް ވެރިކަން ކުރާ ޕީއެންސީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުނުވެ ކަޓައިފި އެވެ.

ހއ. ހޯރަފުށީ ކައުންސިލްގެ 5 ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ.

މިހާ ލަދުވެތި ގޮތަކަށް ޕީއެންސީ ބަލިވީ ނިމިދިޔަ ސަރުކާރުގައި ހޯރަފުއްޓަށް ގެނެސްދީފައިވާ ތަރައްޤީގެ ސަބަބުން ކަމަށް އެ ރަށުން ވާހަކަދައްކާ މީހުން ބުނެއެވެ. އަދި މީގެ އިތުރުން ޕީއެންސީ ހިންގަން އުޅެނީ އިންތިޚާބެއްގައި މޮޅުވެވޭނެ ގޮތަކަށް ނޫން ކަމަށް ވެސް ބައެއް މީހުން ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.