ށ. މަރޮށި ފެނަކަ އިންޖީނުގޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ހުއްޓި، އެންމެ ޖަނަރޭޓަރަކުން ކަރަންޓު ދެމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ.
މަރޮށީ އިންޖީނުގެ މިހާ ނާޒުކު ޙާލަތަކަށް ވެއްޓުނީ ބޭނުންވާ އެއްވެސް ސްޕެއާއެއް ނުލިބި ގިނަ ދުވަސްތަކެއް ވުމުން އެއް ޖަނަރޭޓަރު ބޭނުން ކުރަން ޖެހުމުންނެވެ. އަނެއް ޖަނަރޭޓަރު ރޫޅާލާފައި އޮންނަތާ މިހާތަނަށް 8 މަސް ދުވަސް ވެއްޖެ އެވެ. މިކަމާ ކަންބޮޑުވެގެން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރާނެ ވެރިޔަކު ނެތެވެ. ކޮންމެ ރެޔަކު ވެސް ކޮންމެވެސް ގަޑިއެއްގައި މުޅި ރަށުން ކަރަންޓު ކަނޑާލަން ޖެހެއެވެ.
މީގެ އިތުރުން އެއް ފެން ޕްލާންޓު ވެސް ހުރީ ހަލާކުވެފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި 2 ފޫޓެއް ވަރުގެ ހޮޅިކޮޅެއް ހޯދޭނެ ގޮތެއް ނެތިގެން އެ ޕްލާންޓު ވެސް ހުރީ މަރާމާތު ކުރެވޭނެ ގޮތެއް ނެތިފައެވެ. އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ފެނަކައިގާ އެކަނި 3 މެނޭޖަރުން ތިބެއެވެ. އެމީހުންނަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ. އިތުރަށް ވާހަކަދެއްކި މީހަކު ބުނިގޮތުގައި މި މައްސަލަ ޙައްލުވާނީ ރައީސުލްޖުމްހޫރިއްޔާ އައިސް މިކަން ޙައްލުކުރެއްވިއްޔާ އެވެ. ކަންކަން ޙައްލުކުރަން މަސައްކަތް ކުރާނެ ވެރިބަޔަކު އެތާކު ނެތެވެ.


ކިޔުންތެރިންގެ ހިޔާލު