ރޭ އާޖެންޓީނާ އާ ދެކޮޅަށް އަލްޖީރިއާ ކުޅުނު މެޗުގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ކަމަކީ އަލްޖީރިޔާގެ ކީޕަރު އަޅައިގެން ހުރި މާސްކަށެވެ.
އެމެރިކާގެ ކެންސަސްގައި ރޭ ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި އަލްޖީރިއާގެ ގޯލު ކީޕަރަކަށް މާސްކު އަޅައިގެން ހުރި ކުޅުންތެރިއަ
ކީ ލޫކާ ޒިދާނެވެ. އުމުރުން އެންމެ 28 އަހަރުގެ ލޫކާ އަކީ ފްރާންސްގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިއެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލޫކާ އެ މެޗުގައި މާސްކު އަޅައިގެން ހުރީ އޭނާ އަށް ކުރިން ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ އޭޕްރީލް މަހު އަލްމެރިއާއާ ދެކޮޅަށް ކުޅުނު މެޗެއްގައި ލޫކާގެ ދަތްދޮޅި ފަޅައިގެން ގޮސް ވޯލްޑް ކަޕަށް ޝައްކު އުފެދުނެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފާގެ މަތިން ފަހުން އޭނާ އަށް ވޯލްޑް ކަޕްގައި ކުޅެވޭނެކަމުގެ ޔަގީންކަން ލިބުނެވެ.
ރޭގެ މެޗުގައި ލޫކާ މާސްކު އަޅައިގެން ހުރީ ކުރިން ލިބުނު އަނިޔާއިން މިހާރު ފަރުވާ ލިބެމުންދާތީއެވެ. އާއި މެޗުގެ ތެރެއިން އިތުރު އަނިޔާނެއް ނުލިބޭނޭ ގޮތަށް ރައްކާތެރިވުމުގެ ގޮތުންނެވެ. އަދި މިއީ އޭނާ އެއްވެސް ގޮތަކަށް ރީއްޗަކަށް އަޅައިގެން ހުރި މާސްކެއް ނޫންކަމަށްވެސް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު