ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ގަަދަ 5 ބައިވެރިންގެ ތެރޭގައި މިލަންދޫ ތަރި ޘާނީ (އާރޓް މަރިޔަބު) ހިމެނިއްޖެ އެވެ.
މަރިޔަމް ޘާނީގެ ހުނަރުވެރި ހުށަހެޅުންތަކަށް ފޭން ފެވަރިޓް އެވޯޑްވެސް ވަނީ ލިބިފައެވެ. ދެން އޮތީ މުބާރާތުގެ 1 ވަނަ، 2ވަނަ، 3 ވަނަ ހޮވުމެވެ. ގަދަ 5 ޕްރެޒެންޓަރުންގެ ތެރޭގައި ހިމެނުމުން އޭނާ ވަނީ ޝުކުރުގެ ދިގު ލިސްޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާގެ ލިސްޓުގައި ޝުކުރު ޙާއްސަކޮށްފައިވަނީ ށ. މިލަންދޫގެ މުއައްސަސާތަކަށެވެ. އަދި ވަކިން ޚާއްސަކޮށް ފާހަގަކޮށްފައިވަނީ؛
- ށ. މިލަންދޫ ކައުންސިލް
- ށ. މިލަންދޫގެ ވިޔަފާރިވެރިން.
- ށ. މިލަންދޫގެ ރައްޔިތުން.
- ށ. ނަރުދޫގެ ރައްޔިތުން.
- ށ. ފޯކައިދޫންއިން ވޯޓުދެއްވި ފަރާތްތަކުން.
- ށ. ފުނަދޫއިން ވޯޓުދެއްވި ފަރާތްތަކުން.
- ބ. އަތޮޅުގެ ރައްޔިތުން.
- ކައުންސިލުގެ އެހާރާއި މިހާރުގެ ރައީސް.
- އެހާރާއި މިހާރުގެ މަޖިލިސް މެންބަރު.
ޘާނީ އިތުރަށް ބުނެފައިވަނީ ފިކުރު ތަފާތުވިނަމަވެސް ރަށަށް ރީތި ނަން ހޯދައި ދިނުމަށް، ހުރިހާ ރައްޔިތުން ގުޅިގެން ކޮށްދެއްވައި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މުބާރާތުގެ ޓައިޓަލް ހޯދުމަށް ބޭނުންވަނީ، އަތޮޅުގެ އެންމެންގެ ވޯޓު ކަމަށާއި، ވޯޓު ދެއްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އަމިއްލައަށް ވޯޓުދެއްވަން ދަތިވާ ފަރާތްތަކުން ޘާނީގެ އެކައުންޓް ނަންބަރު 7730000315885 އަށް ފައިސާ ފޮނުވުމުން ވޯޓު ލައިދޭނެ ކަމަށެވެ.
ވޯޓުލުމުގެ ފުރުޞަތު 5 ޖުލައި އާއި ހަމައަށް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު