އެހެން އަހަރުތަކާ ޚިޔާފަށް ތަފާތު ބޮޑުކޮށް ކޮމަންޑޫގެ ކަނބަލުން ޢީދު ފާހަގަކޮށްފިއެވެ. ކުލަޖެހުމާއި ކޯޑި ނެރުމާ ނެށުމުގެ ފަރި ޙަރަކާތްތަކާ އެކު ޢީދު ކުޅިވަރުތައް ނިންމާލީ ރަށުގެ ކުޑި ބޮޑު އެންމެހާ ރައްޔިތުން ހެއްވާލުމަށް ފަހުގައެވެ.
ޢީދު ކޯޑި އާއި މާލި ނެށުމާއި ކޯޑި ކުޅުމާ ކުލަޖެހުމުގެ އިތުރުން ތަފާތު ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. ކުޅިވަރުތައް އިންތިޒާމް ކުރުމުގައި ރަށު ކައުންސިލް އާއި ޢީދު ކޮމިޓީގެ އިތުރުން ރަށުގެ އެންމެހާ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އެހެން އަހަރުތަކަށް ވުރެވެސް ބޮޑު ތަރުޙީބެއް މިއަހަރުގެ ޢީދު ކުޅިވަރުތަކަށް ލިބުނުކަމަށް މަޢުލޫމާތު ލިބެއެވެ. ޢީދުގެ ޙަރަކާތްތައް ފުރިހަމަ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެންމެން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.