މިލައުތުރު

ކަމަދޫ ފަތްމިނި ޒާރާ އާއި ނަރުގިސް ފަޚްރީ އާއި ވައްތަރުތޯ!

މިއަހަރުގެ ބޮޑު ޢީދު ކުޅިވަރުތަކުގެ ތެރެއިން ރީތިކަމާއި ހުނަރުވެރިކަމުން މަޝްހޫރުވި ކަމަދޫ ޒާރާ އާއި އިންޑިޔާގެ ސުޕަރ މޮޑެލް ނަރުގިސް ފަޚްރީ އާއި ވައްތަރުކަމުން އަނެއްކާ ވެސް ރާއްޖޭގެ ޒުވާނުން އޭނާގެ ހަނދާންތައް އައު ކުރަން ފަށައިފިއެވެ.

ބައެއް ޒުވާނުން ސޯޝަލް މީޑިޔާގައި ޝުޢޫރު ފާޅުކޮށްފައި ވާގޮތުން މިއީ އެހާ ފަސޭހައިން ނިންމާލެވޭނެ ވާހަކައެއް ނޫންކަމަށާއި، އަންހެން ކުދިން ކިތަންމެ ރުޅިއަޔަސް ޒާރާގެ ވާހަކަތައް ނުދެއްކޭ ވަރެއް ނޫންކަމަށެވެ. އޭނާގެ ބަނޑި ބަނޑިލެއްވުން އަބަދުވެސް ފެންނަ ކަހަލަ ކަމަށެވެ. ލޫކަސް ޖަލީލް ފަދަ ބައެއް ޒުވާން ފިރިހެން ކުދިން ބުނާގޮތުގައި އޭނާގެ ވާހަކަތައް ދެއްކުމުން އަންހެން ކުދިން ރުޅި އަންނަނީ ޙަސަދަވެރި ވާތީއެވެ.

ބ. ކަމަދޫގެ ވާހަކަތައް މީޑިޔާތަކުގައި ގެނެސްދޭގޮތް ކަމުނުގޮސްގެން އެއީ ފުރައްސާރައެއް ކަމުގައި ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ ކުރިން ނުހުރުން ފައުޅު ކުރައްވާފައެވެ. އެކަމަނާ ވިދާޅުވެފައި ވަނީ ދިވެހީންގެ ސިކުނޑީގައި ތަހުޒީބުކަމެއް، ވިސްނުމުގައި އަޚުލާޤެއް ނެތް ކަމަށެވެ. ކަމަދޫގައި އަންހެން ކުދިން ނެށީ ކުދި ބޮޑު އެންމެން ގުޅިގެން ކުރިކަމެއްގައި ކަމަށާއި، ހުނިޖަހާ ފާހަގަކޮށްގެން ބައެއް ކުދިންގެ ވާހަކަތައް ދެއްކުން އެއީ ނާތަހުޒީބު ޢަމަލެއް ކަމަށެވެ.

ޢީދުގެ ކުޅިވަރުތައް ނިމި އެތައް ދުވަހެއް ވީ ފަހުން އަނެއްކާ ވެސް ޒާރާގެ ވާހަކަތައް ތިލަވެފައި މިވަނީ ރީތިކަމާއި ލޫޅާފަތި ކަމުގެ ވާހަކައިންނެވެ. ރީތިކަމަށް މަޝްހޫރު ނަރުގިސް ފަޚްރީ އާއި އަޅާކިޔުމަކުންނެވެ. ޙަޤީޤަތުގައި ވެސް ދިވެހި  ކަނަބަލުންނަކީ ރީތި ބައެކެވެ. އަދި ބ. ކަމަދޫ ޒާރާ އަކީ އެފަދަ ނަމޫނާ ކަނބަލެކެވެ.

© 2023 milauthuru. All rights reserved.