މިލައުތުރު

20 ވަނަ ފޯކައިދޫ ލީގު މިއަދު ފެށެނީ…

ފޯކައިދޫގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްކަމުގައިވާ ފޯކައިދޫ ލީގް-2024 މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ފޯކައިދޫގައި ބޭއްވޭ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. އެގޮތުން ބޭއްވޭ މިއީ 20 ވަނަ މުބާރާތެވެ. މިއަހަރުގެ ލީގުގައި ޖުމްލަ 5 ޓީމަކުން ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނެނީ ފަތިސް އެފްސީ އާއި، ޑޮމިނޭޓަރސް އާއި، ޔަންގް ވިނާރސް އާއި، ބްލަޑް ވޮރިޔަރސްގެ އިތުރުން ބްލަޑް ބްރަދާރސްއެވެ.

ފޯކައިދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 24 ޖުލައި 2024 ގައެވެ.

މިބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އާއި މެޑަލް އާއި، ހަނދާނީ ލިޔުން ލިބޭނެއެވެ. އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއި، މެޑަލް އާއި، ހަނދާނީ ލިޔުން ލިބޭނެއެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި؛

އެންމެ މޮޅު ގޯލްކީޕަރ

އެންމެ މޮޅު ޑިފެންޑަރ

އެންމެ މޮޅު މިޑްފީލްޑަރ

އެންމެ މޮޅު ފޯވާޑް

ޓޮޕް ސްކޯރާރ

ފެއާޕްލޭ ކުޅުންތެރިޔާ

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ

ބެސްޓް ޔަންގް ޕްލެޔަރ

ބެސްޓް ކޯޗް، މީގެ އިތުރުން ކޮންމެ މެޗެއްގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ދެވޭނެކަމަށް ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް މިލައުތުރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

© 2023 milauthuru. All rights reserved.