ޢައްޒާގެ ސުލްހައިގެ އެއްބަސްވުމަށް ފުރިހަމައަށް އިހުތިރާމްކުރަން ގޮވާލައިފި

ޝާން މުޙައްމަދު | 15 އޮކްޓޯބަރ 2025 | ޚަބަރު

ފަލަސްތީނުގެ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެކުލަވާލައިފައިވާ އެއްބަސްވުމަށް ނިރުބަވެރި އިޒްރޭލުން ފުރިހަމައަށް އިހުތިރާމް ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.

ރާއްޖެއިން މިކަމަށް ގޮވާލީ ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި މިއަދު ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ މެމްބަރު ޤައުމުތަކުގެ މިޑް ޓާމް ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައެވެ. އެގޮތުން މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާޖް ޑރ. މުހައްމަދު ފަހުމީ ހަސަން ބައިވެރިވެވަޑައިގެން ވަނީ ތަގުރީރު ދެއްވާފަ އެވެ.

Advertisement
Advertisement

މިނިސްޓަރ ފަހުމީގެ ތަގުރީރުގައި ވިދާޅުވީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލައިފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދުވުމުން އެކަމަށް ރާއްޖެއިން މަރުހަބާ ކިޔައި މި މަސައްކަތުގައި ނާމްގެ މެމްބަރު ގައުމުތަކުން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އިޒްރޭލުން މި އެއްބަސްވުމަށް ފުރިހަމައަށް އިހްތިރާމްކޮށް ބޯލެނބުމަށް ވެސް ގޮވާލާފައިވެ އެވެ.
ފަލަސްތީނުގެ މައްސަލައިގައި ދެމެހެއްޓެނިވި ހައްލެއް ހޯދައި ސުލްހަ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.