ކުޅުދުއްފުށީ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން 36 ގެއަކަށް ގެއްލުން ވެއްޖެ.

މިލައުތުރު | 16 އޮކްޓޯބަރ 2025 | ޚަބަރު

މިއަދު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީގައި ފެންބޮޑުވެ 36 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. އަދި އޭގެތެރެއިން 1 ގޭގައި މިވަގުތު މީހުން ދިރިނޫޅެވޭވަރު ވެފައިވާ ކަމަށް ސިޓީ މޭޔަރު ވިދާޅުވެއްޖެ އެވެ.

Advertisement
Advertisement

ފެންގަނޑު ކޮންޓްރޯލްކޮށް ރައްޔިތުންނަށާއި، ގެދޮރާ މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް މިވަގުތު ރަށުގެ 5 ސަރަހައްދެއްގައި ޕަންޕުޖަހައިގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ބޮޑަށް ފެންވަންނަމުންދާ ގޯތިތަކުގެ ދޮރާށީގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލާއި، ސިފައިންނާއި، ފުލުހުންނާއި، އާރު.ޑީ.ސީ އާއި ޕަބްލިކްވޯކްސް އަދި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ކުރަމުން އެބަ ގެންދެއެވެ.

މޫސުންލަފާކުރާގޮތުން އަދިވެސް ކުރިއަށް ވިއްސާރަވާން އޮތުމުން ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުވެ، ފަރުދީ ގޮތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.