ރާއްޖެއަށް ވަގަށް އެތެރެކޮށްފައި ހުރި ސިނގިރޭޓްތަކެއް ވަގަށް ނެގުމުގެ ކުރިން ކަސްޓަމްސް އިން ނައްތާލައިފި.

މިލައުތުރު | 19 އޮކްޓޯބަރ 2025 | ޚަބަރު

ރާއްޖެއަށް ވަގަށް އެތެރެކުރުމުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައިހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ބަޔަކު ވަގަށް ނެގުމުގެ ކުރިން މިއަދު ނައްތާލައިފި އެވެ.

Advertisement
Advertisement

މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. ދާދި ފަހުން ވެސް ވަނީ ހުޅުމާލޭ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރ ސިނގިރޭޓް ބަޔަކު ވަގަށް ނަގާފައެވެ. އެ މައްސަލަ މިހާރު ގެންދަނީ ފުލުހުން ތަހުޤީޤު ކުރަމުންނެވެ.

މިހާރަކަށް އައިސް ވަގަށް އެތެރެކުރާ ސިނގިރޭޓް ހިފެހެއްޓުމުން އަނެއްކާ ވަގަށް ނެގުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެހެންކަމުން ކަސްޓަމްސް އިން މިއަދު އެތަކެތި އަންދާލުމުން ދެން ވަގަކަށް ނުނެގޭނެތާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.