ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތްތަކެއް އަޅަނީ

ޝާން މުޙައްމަދު | 20 އޮކްޓޯބަރ 2025 | ޚަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތްތަކެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވީ އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން މުހިންމު މަޝްރޫޢުއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement
Advertisement

މިސްޓަރ ޝަހީމް ވިދާޅުވީ މި އިމާރާތްތައް އަޅަން ހަމަޖެހިފައިވަނީ ރައްޖޭގެ ހަތަރު ސިޓީއަކާއި، ރަށެއްގައި ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފަށަން ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މި މަޝްރޫޢު ހިންގެވުމަށް އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށާއި އެގޮތުން މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ މަަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.