ސްކޯލަރޝިޕެއްގައި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރ އިސްތިއުފާ ދެއްވައިފި.

މިލައުތުރު | 20 އޮކްޓޯބަރ 2025 | ޚަބަރު

އިނގިރޭސި ސަރުކާރުން ދެއްވާ ޝީވްނިންގ ސްކޮލަރޝިޕް ލިބި، އިނގިރޭސިވިލާތުގެ ކިންގްސް ކޮލެޖް ލަންޑަންގައި “އެންވަޔަރމަންޓް، ޕޮލިޓިކްސް އެންޑް ޑިވެލޮޕްމަންޓް” ދާއިރާއިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ދިއުމަށްޓަކައި ކުޅުދުއްފުށި ސިޓީ އިރުދެކުނު ދާއިރާގެ ކައުންސިލަރު ކަމުންނާއި، ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމުން އަލީ އަޙްމަދު އިސްތިއުފާ ދެއްވައިފި އެވެ.

އަލީ އަޙްމަދުގެ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ އިއްޔެގެ ވަގުތެއްގައެވެ. އަދި ސިޓީ މޭޔަރު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު ހިއްސާކުރެއްވި ތަޢުރީފުގެ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހިސާބަށް އާދެވުނީ މިދައުރުގައި ދަސްވި ފިލާވަޅުތަކުންކަން ޔާގީންވާހާލު، ޖުމްލަކޮށް މިދަތުރުގައި އެކުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއް ޝާމިލްވާނެހެން މުޅި ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް ލޯތްބާއެކު ޝުކުރުދަންނަވާ ކަމަށެވެ.

Advertisement
Advertisement

އަދި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެކުލަވާލެވުނު 5 އަހަރުގެ ތަރައްޤީގެ ޕްލޭން ދާދި އެއްކޮށް ތަންފީޒުވެގެން ގޮސްފައިވާއިރު، ތަރައްޤީގެ ޕްލޭންގައި ހިމެނިފައިނެތް ނަމަވެސް އިތުރަށް ފާހަގަކުރެވުނު މުހިންމު ކަންތައްތަކެއް ހާސިލްކުރުމުގެ މަސައްކަތުގައި ކައުންސިލާއެކު ބައިވެރިވެވި، ގިނަ މަސައްކަތްތަކެއް ވިލަރެސްކުރުމުގައި އިސްރޯލެއް އަދާކުރެވިފައިވާކަމީ މަޤާމުން ވަކިވެގެންދާއިރު ވެސް ހިތަށް ފިނިކަން ލިބޭ، އުފާވެރި ހިތްހަމަ ޖެހުމެއް ކަމަށެވެ.

އަދި މަޤާމުން ވަކިވި ނަމަވެސް ކުޅުދުއްފުއްޓައް ޚިދުމަތްކުރުމުގައި ކުރިއަށް އޮތްތާވެސް ފެންނާނެކަމުގެ ޔާޤީންކަން އަރުވާފައި ވެއެވެ. އަދި އެންމެހާ ރައްޔިތުން ވެސް، ހުރިހާ ދަރިވަރުން ވެސް އަބަދުމެ ނަފުސު ތަރައްޤީ ކުރުމުގައި ދެމިތިބެ، ފުރުސަތުތަކުގެ ބޭނުންހިފާ ބަޔަކަށްވުމަށް ނަސޭޙަތްތެރި ވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.