އެމްޕީއެލްގައި ހުއްޓާ ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގާ ހައްޔަރުކޮށްފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
ސިނގިރޭޓް ކޮންޓެރިނާތައް ކަނޓުވާލި ޓީމުގައި ހިމެނޭ 9 މީހަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ. އެއީ؛
- އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ ޝަރީއަތް ނިމެންދެން ބަންދު
- ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށް.
- ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށް.
- މުއާޒް އަލީ ބަންދުކުރީ 15 ދުވަހަށް.
- ހަސަން އަބްދުއްރަހްމާން، ބަންދުކުރީ ޝަރީއަތް ނިމެންދެން.
- އާދަމް ވަހީދު- ބަންދުކުރީ 7 ދުވަހަށް (ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން)
- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު) ބަންދުކުރީ 7 ދުވަހަށް.
- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު) ބަންދުކުރީ 7 ދުވަހަށް.
- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު) ބަންދުކުރީ 7 ދުވަހަށް.
މީގެ އިތުރުން 12 މީހަކު ފުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު