ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެތު އޮފީހުން ނެރުނެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ފ އަތޮޅަާއި ހަމައަށް މިއަގު ހަވީރު 17:00 އިން މިރޭ 23:00 އާއި ހަމައަށެވެ .
ސަމާލުގައި ވިދާޅުވެފައި ވަނީ ބޯކޮށް ވާރެ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުސް ގޯސްވެފައިވާތީ ހުރިހާ ބޭފުޅުން ވެސް މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު