ކ. ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ: ޔުނައިޓެޑާއި ވައިކިންގްސް ފައިނަލަށް

މިލައުތުރު | 4 ޑިސެމްބަރ 2025 | ޚަބަރު

އަކުއާ ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2025 ގެ ފައިނަލަށް ޔުނައިޓެޑް ލަޔަންސް އާއި ވައިކިންގްސް އެފްސީ ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑާއި ޓައިޓަންސް އެވެ. ފޯރި ގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗު 5 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ލަޔަންސް އެވެ. މި މެޗުގައި ޔުނައިޓެޑްގެ ޖޯޒީ ނަންބަރު 25 އަޙްމަދު ފައިޝާން ފައިސަލް ވަނީ ހެޓްރިކެއް ހަދާފައެވެ. އަނެއް ދެ ގޯލް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 28 އަޙްމަދު ފާރިޝް އެވެ. ޓައިޓަންސް ކާމިޔާބުކުރީ ހަމަ އެކަނި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 10 އިބްރާހީމް ރަޝްލާނެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އަޙްމަދު ފައިޝާން ފައިސަލް އެވެ.

Advertisement
Advertisement

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ވައިކިންގްސް އެފްސީ އާއި ހައިޑް އެންޑް ސީކް އެވެ. މި މެޗު 7 – 3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވައިކިންގްސް އެވެ. މި މެޗުގައި ވައިކިންގްސްގެ ޖޯޒީ ނަންބަރު 10 އިޒްއާން އާއި ޖޯޒީ ނަންބަރު 19 މުޙައްމަދު ޒަރީފު އެވެ. މެޗުގެ ފުރަތަމަ 30 ސިކުންތުގެ ތެރޭގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު 5 މުޙައްމަދު އަޒާނެވެ. ހައިޑް އެންޑް ސީކް އަށް ގޯލްތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ސިނާން އާއި، އަޙްމަދު މިހާދު އާއި އުނައިސް އަބްދުﷲ އެވެ. މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ވައިކިންގްސްގެ ޖޯޒީ ނަންބަރު 10 ހުސައިން އިޒުއާން އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.