ޔަހޫދީ މުޖުރިމު އެޕްސްޓީނާ ގުޅުން އޮތްކަން ފަޅާއެރުމުން ސްޕެޝަލް އެންވޯއީ ޑރ. ވަހީދު އިސްތިއުފާ ދެއްވައިފި.

މިލައުތުރު | 3 ފެބްރުއަރީ 2026 | ޚަބަރު

އެމެރިކާގައި 100 އަށް ވުރެ ގިނަ ކުޑަކުދިންނާ ބެހުނު ހަޔޫދީއެއް ކަމަށްވާ ޖެފްރީ އެޕްސްޓީނާއެކު ގާތް ގުޅުމެއް ބޭއްވިކަން ފަޅާއެރުމުން ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ- ރައީސް އޮފީސް

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގެ ދުވަސްވަރުގައި އެޕްސްޓީން ވެފައި ވަނީ ވަަރަށް ގާތް އަދި މުހިންމު ކަންކަމުގައި މަޝްވަރާ ހޯއްދެވި ރައީސްގެ އެންމެ އަރިސް ދޯސްތު ކަމުގައެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރި ލިޔެކިއުންތަކުން ކަށަވަރުވެފައިވަނީ ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވެސް އެޕްސްޓީންއާ އެކު ގިނަ މުޢާމަލާތްތަކެއް ރަސްމީ ހައިސިއްޔަތުން ކުރައްވާފައިވާ ކަމެވެ.

ޑރ. ވަޙީދު ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސިއްރު ބައްދަލުވުމެއް އެޕްސްޓީންއާ އެކު ބާއްވާފައި ވެއެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޮންކަމެއް ކަން ސާފުނުވި ނަމަވެސް، ރާއްޖޭގެ ރަށެއް އޭނާއަށް ދިނުމާ މެދު މަޝްވަރާތައް ބަދަލުކުރެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.