މިލައުތުރު ފުޓްސަލް މުބާރާތުގައި މިރޭ ފޭދޫ އާއި ގޮއިދޫ ބައްދަލުކުރި މެޗު 3 – 0 ގެ ނަތީޖާއަކުން ފޭދޫ މޮޅުވެއްޖެ އެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތަކެއް ލިބިފައި ވެއެވެ. އެހެން ނަމަވެސް ގޮއިދޫއަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުންކުރެވިފައެއް ނުވެއެވެ. ފޭދޫ ޓީމަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ތިން ފުރުސަތެއް ކާމިޔާބުކަމާއެކު ލަނޑަށް ބަދަލުކޮށްލާފައި ވެއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާ އަކީ ފޭދޫ ޓީމުގެ ޖޯޒީ ނަންބަރު 10 މާއިލް މުޙައްމަދު އެވެ.
ކިޔުންތެރިންގެ ހިޔާލު