ކުރީ ސަރުކާރުން ފޯކައިދޫ ސްކޫލުގައި ބިނާކޮށްދެއްވި ޒަމާނީ މަލްޓިޕާޕަސް ހޯލު، ފޯކައިދޫ ކައުންސިލްގެ ދީލަތި އެހީގައި އޭސީ ކޮށްފި އެވެ.
މިއީ ފޯކައިދޫ ސްކޫލަކީ އިމާރާތާ ވަޞީލަތްތަކުގެ ގޮތުން ފުރިހަމަ ސްކޫލަކަށް ހެދުމަށްޓަކައި އެމްޑީޕީ ސަރުކާރުގައި ބިނާކޮށްފައިވާ ވަރަށް ފުރިހަމަ 3 ބުރީގެ އިމާރާތެއްގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ޖާގައިގެ ގޮތުން ތަނަވަސް ހޯލެކެވެ. އެހެން ނަމަވެސް ކުރިން އެތަނަކީ އޭސީ ކޮށްފައިހުރި ތަނެއް ނޫނެވެ. އެހެންކަމުން ހޫނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ދެން ޙައްލު ލިބިގެންދާނެ އެވެ.
މިކަން ފާހަގަކޮށް ފޯކައިދޫ ސްކޫލުން ވަނީ އެރަށު ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ. “ފޯކައިދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލު އޭސީ ކޮށްދެއްވާ އަދި ހޯލުގެ އެކޯ މައްސަލަ ހައްލުކޮށް ދެއްވުމަށް ށ. ފޯކައިދޫ ކައުންސިލްގެ ފަރާތުން ވެދެއްވާފައިވާ ދީލަތި އެހީތެރިކަމަށްޓަކައި، ފޯކައިދޫ ސްކޫލްގެ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިން އަދި މުވައްޒަފުންގެ ނަމުގައި ފޯކައިދޫ ކައުންސިލަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.” ކައުންސިލަށް ޝުކުރު އަދާކުރުމުގެ ގޮތުން ފޯކައިދޫ ސްކޫލުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު