އެމްޕީއެލް ސިނގިރޭޓް ޓީމަށް 9 ހަމަވެއްޖެ، ދިގައްޔަށް ވާނުވާ ޖަހައިފި.

މިލައުތުރު | 25 އޮކްޓޯބަރ 2025 | އެހެނިހެން

އެމްޕީއެލްގައި ހުއްޓާ ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގާ ހައްޔަރުކޮށްފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޖިނާއީ ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ސިނގިރޭޓް ކޮންޓެރިނާތައް ކަނޓުވާލި ޓީމުގައި ހިމެނޭ 9 މީހަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ. އެއީ؛

Advertisement

  1. އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ބަންދުކުރީ ޝަރީއަތް ނިމެންދެން ބަންދު
  2. ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ބަންދުކުރީ 15 ދުވަހަށް.
  3. ޒިވާރު އިސްމާއިލް ބަންދުކުރީ 15 ދުވަހަށް.
  4. މުއާޒް އަލީ ބަންދުކުރީ 15 ދުވަހަށް.
  5. ހަސަން އަބްދުއްރަހްމާން، ބަންދުކުރީ ޝަރީއަތް ނިމެންދެން.
  6. އާދަމް ވަހީދު- ބަންދުކުރީ 7 ދުވަހަށް (ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން)
  7. އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު) ބަންދުކުރީ 7 ދުވަހަށް.
  8. އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު) ބަންދުކުރީ 7 ދުވަހަށް.
  9. ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު) ބަންދުކުރީ 7 ދުވަހަށް.

މީގެ އިތުރުން 12 މީހަކު ފުރުން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.