އަވައްޓެރި އިންޑިޔާއާ ގުޅިގެން ސިފައިން ހާއްސަ ތަމްރީނެއް ފަށައިފި

ޝާން މުޙައްމަދު | 2 ޑިސެމްބަރ 2025 | ޚަބަރު

އަވައްޓެރި އިންޑިޔާގެ އަމީ އާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ޖޮއިންޓް މިލިޓަރީ އެކްސަސައިޒެއް ފަށައިފިއެވެ.

މިއަދު ފެށިގެންދިޔަ މި ތަމްރީނަކީ “އެކްސަސައިޒް އެކުވެރިން” ގެ ނަމުގައި ފެށި ތަމްރީނެކެވެ. މިއީ މި ތަމްރީން ހަރަކާތުގެ 14ވަނަ އެޑިޝަންކަން ފާހަގަ ކުރެވެއެވެ.

Advertisement
Advertisement

އިންޑިއާގެ ޓްރިވެންޑްރަމްގައި ފެށި މި ތަމްރީން ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވައެވެ. އެގޮތުން މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 16ގެ ނިޔަލަށެވެ. މި އެކްސަސައިޒްގައި އެމްއެންޑީއެފް މެެރިން ކޯގެ 45 މެރީންސް ބައިވެރިވެ އެވެ.

މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޮންޓިންޖެންްޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯރ ހެޑްކުއޯޓަރޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިންގ އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރ، މޭޖަރ ޢަބްދުލް ހަސީބް އިބްރާހީމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.