ށ. ފޯކައިދޫ އާރުޑީސީގެ ފުރަތަމަ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލުމަށް ފަހު ޙަވާލުކޮށްފި.

މިލައުތުރު | 4 ފެބްރުއަރީ 2026 | ޚަބަރު

ށ.ފޯކައިދޫ އާރުޑީސީގެ ފުރަތަމަ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާ ފީއެންސީ ކެމްޕެއިން ޖަގަހައާ ޙަވާލުކޮށްފި އެވެ.

ދާއިމީ މުވައްޒަފުންގެ ގިނަ ބަޔަކާއެކު އާރުޑީސީގެ މަސައްކަތްތައް ފޯކައިދޫގައި އަލަށް ފަށާފައިވަނީ ނިމިދިޔަ 2025 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އާރުޑީސީގެ ޓީމުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ދެ ތާންގީ ފަޅާލުމަށް ފަހު ޕީއެންސީ ކެމްޕެއިން ޖަހަގަ ސަރަޙައްދުގައި ބާބެކިޔޫ ހެދުމަށް 4 އަށި ހެދުން ހިމެނެއެވެ. މި މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ތާންގީފަޅިތަކުގައި ބޮޑު އަކުރުން އާރުޑީސީ ލިޔެފައި ވެއެވެ.

ކުރިން ވިނަ ނޮޅަން ތިބި އާރުޑީސީގެ ހުރިހާ މުވައްޒަފުން މިހާރު ރަސްމީ ގަޑީގައި ވެސް ޖަގަހައިގާ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިކުތުމަށް އަންގާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންކަމުން ފޯކައިދޫ އާރުޑީސީގެ އެއްވެސް މުވައްޒަފަކަށް ދެނެއް ވިނަ ނޮޅަން ދާކަށެއް ނުޖެހޭނެއެވެ.

ފޯކައިދޫ އާރުޑީސީގެ އޮފީހެއް ވެސް، ފޯނު ނަންބަރެއް ވެސް ވުޖޫދުގައި ނެތުމުން މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރެވޭ ގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.