ގޭސް ތާށިވީ މުޅި ދުނިޔޭގައި ވެސް ގޭސް ލިބުން ދަތިކަމުން، ގޭސް ކުންފުނީގެ މައްސަލައެއް ނޫން.

މިލައުތުރު | 11 ފެބްރުއަރީ 2026 | ޚަބަރު

އެކި ސަބަބުތަކާ ގުޅިގެން މުޅި ދުނިޔޭގައި ވެސް އެލްޕީޖީ ސަޕްލައި ތާށިވެ އާންމުންނަށް ދަތިތަކާ ކުރިމަތިވެފައިވާތީ ރާއްޖެއަށް ވެސް ގޭހުގެ ތާށިކަމެއް ވަނީ ކުރިމަތި ވެފައެވެ.

އަވައްޓެރި ބަންގްލާދޭޝްގައި ވެސް ވަނީ ގޭސް ލިބުމުގައި ތާށިކަމެއް ދިމާވެފައެވެ. އަދި ގޭހުގެ ސްޓޮކް ވަނީ 10 އިންސަންތަ ދަށަށް ގޮސްފައެވެ. އަދި މި ތާށިކަމާއެކު އެގައުމުގައި ގޭހުގެ އަގު ވަނީ އުފުލިފައެވެ. ހަމަ އެފަދައިން ޕާކިސްތާނުގައި ވެސް މި މައްސަލަ ބޮޑުވެފައި ވާއިރު އެ ގައުމުގެ އޮއިލް އެންޑް ގޭސް ރެގިއުލޭޓަރީ އޮތޯރިޓީ އިން މި މަހު ވަނީ ތިން ވަނަ ފަހަރަށް ގޭހުގެ އަގު ބޮޑުކޮށްފަ އެވެ.

މުޅި ދުނިޔޭގައި ވެސް ގޭސް ލިބުމަށް ތާށިވެފައިވާތީ ރާއްޖެއަށް ވެސް ގޭހުގެ ތާށިކަން ދިމާވެފައިވާތީ، އަގު ބޮޑުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ގޭސް ކުންފުނިން ބުނަނީ މި މައްސަލަ ވަރަށް އަވަހަށް ޙައްލުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.