މިދިޔަ 2025 ވަނަ އަހަރުގެ ޖޫން 12 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒެއް ކަމަށްވާ ފޯޑޯ މަރުކަޒަށް އެޅި ބިންގަރާސްގޮށްވާ ބާރު ގަދަ ބަންކާ ބަސްޓާ ބޮމެއް ނޮގޮވާ އޮތްކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުން މިހާރު ވަނީ އެމެރިކާގެ އެ ޓެކްނޮލޮޖީ ރިވާސް އިންޖިނޭރުކޮށް އެފަދަ ބާރު ގަދަ ބޮން ހެދުމުގެ ޤާބިލްކަން ހޯދާފައެވެ. އަދި އީރާނުގެ މިސައިލް ވޯހެޑް ތަކުގައި އެ ޓެކްނޮލޮޖީ ބޭނުންކުރަން ވަނީ ފަށާފައެވެ.
އީރާނުން ދީފާނެ ޙަމަލާއަކުން ސަލާމަތްވުމަށް އިޒްރޭލުގެ ރައްޔިތުން ވަންނަން ހަދާފައިހުރި ބިންގަރާސްތައް ފޫއަޅުވާލުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. އެހެންކަމުން 12 ދުވަހުގެ ހަނގުރާމައިގާ އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އީރާނުންވަނީ ހަތިޔާރު ފައްކާކުރުމުގެ ޓެކްނޮލޮޖީގައި ކުރިއެރުންތަކެއް ވެސް ހޯދާފައެވެ.
ދުނިޔޭގެ އެންމެ ބާރު ގަދަ ޤައުމު ކަމަށްވާ އެމެރިކާ ވެސް އެންމެ ފަހުން ފަހަތުފަޔަށް ބަރުވެ، އީރާނަށް ޙަމަލާއެއް ދޭން ޖެހިލުން ވެއްޖެއެވެ. ނިކަން ހަށިފޮޅާލާފައި ދެމުން ގެންދިޔަ އިންޒާރުތައް މައިތިރި ވެއްޖެއެވެ.
ކިޔުންތެރިންގެ ހިޔާލު