ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ މަންފާ ޖަމިއްޔާ ގުޅިގެން ބަރަކާތްތެރި ރަމަޟާންމަހަށް އިސްތިޤުބާލު ކުރުމުގެ ގޮތުން ބޭއްވި ބޮޑު ދަރުސް ރޭގައި ނިންމާލައިފި އެވެ. މި ދަރުސް ދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް އެވެ.
މިއީ ފޯކައިދޫ ކައުންސިލާއި މަންފާ ޖަމިއްޔާ އާއި ރަށުގެ މުއައްސަސާތަކާއި، ކުލަބު ޖަމިއްޔާ ޖަމާއަތްތަކާއި ފޯކައިދޫ ޑަބްލިޔޫޑީސީ ގުޅިގެން ބޭއްވި ވަރަށް ފުރިހަމަ ހަރަކާތެކެވެ. ރަށުގެ ގިނަ ބަޔަކު މި ދަރުސް އަޑުއެހުމަށް މައިދާނަށް ހާޒިރުވެފައި ވެއެވެ. މިއީ ކޮންމެ އަހަރަކުވެސް ކައުންސިލުން އިސްނަގައިގެން ބާއްވަމުން ގެންދާ ވަރަށް ތަރުޙީބު ބޮޑު ހަރަކާތެކެވެ.
މިފަަހަރު އަންހެނުންނަށް ޚާއްސަ ދަރުސް ފޯރަމެއް ވެސް ބާއްވާފައި ވެއެވެ. އަންހެނުންގެ ދަރުސް ފޯރަމުގައި މަޢުލޫމާތު ދެއްވީ ޑރ އާދަމް ޝަމީމް އާއި ޝައިޚް އަބްދުﷲ މިފްޒާލް އާއި ޝައިޚް ޢަލީ ރަމީޒުއެވެ. މި ފޯރަމުގައި ރަމަޟާންމަހު އަންހެނުންނަށް ދިމާވާ އުނދަގޫތަކާއި، އިސްރާފުކުރުމުގެ ނުބައިކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައި ވެއެވެ. މި ދަރުސްގައި ގިނަ އަަދަދެއްގެ ކަނބަލުން ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު