
މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒްގެ ކާވެންޏަށް 6 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
އެނިވަރސަރީ ފާހަގަކުރުމުގެ ގޮތުން މުއާގެ ލޯބި ސޯޝަލް މީޑިޔާގައި ބަންޑުން ކޮށްލީ ވަރަށް ވެސް އަސަރު ގަދަ ވާހަކަތަކާއެކު ގައެވެ. މުއާ އަށް އައްޒަ އަކީ ހަމައެކަނި އަނބިމީހާއެއް ނޫނެވެ. އައްޒަ ސިފަކޮށްދީފައިވަނީ ވަރަށް ތަފާތު އަދި އެހާމެ ލޯބިވާ މީހެއްގެ ގޮތުގައެވެ.
ތީ އަހަރެންގެ އަމާން މަންޒިލެވެ. ބަލިކަށިވާ ހިނދު އަހަރެންގެ ހިތްވަރެވެ. ހާސްކަމުގެ ތެރޭގައި އަހަރެންގެ ހިތުގެ ހަމަޖެހުމެވެ. މި ދުނިޔޭގައި އަހަންނަށް ލިބުނު އެންމެ ބޮޑު އެއް ނިޢުމަތެވެ. ކޮންމެ އުނދަގުލެއްގައި، ކޮންމެ ހުވަފެނެއްގައި އަދި ކޮންމެ ކާމިޔާބީއެއްގައިވެސް ތިބާ ހުރީ އަހަރެންގެ ގާތުގައެވެ. އަހަރެންގެ އަތުގައި ހިފައިގެންނެވެ. އަހަންނަށް އިތުބާރުކޮށްގެންނެވެ. ތީ އަބަދުގެ އަބަދަށް އަހަރެންގެ ބައިވެރިޔާއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެންގެ ހަށިގަނޑުން ބޭރުގައިވާ އަހަރެންގެ ހިތެވެ.
މުއާގެ އުއްމީދަކީ އަދިވެސް ގިނަ ހިނިތުންވުންތަކާއި، ފޮނި ހުވަފެންތަކާއި، ގިނަ ފިލްމުތަކާއި، ފޮނި ހަނދާންތައް ލިބިގެން ދިއުމެވެ. އަދި އިތުރަށް ބުނެފައިވަނީ އަބަދުވެސް ވަރަށް ލޯބިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު