ބޮލީވުޑް ފިލްމު ޕުޝްޕާ އާއެކު މުޅި ދުނިޔޭގެ ސަލާމުކަން ލިބިގެންދިޔަ އިންޑިއާގެ ތަރި ރަޝްމިކާ މަންދަނާ އާއި މަޝްހޫރު ފިލްމީ ތަރި އަދި ޕްރޮޑިއުސަރ ވިޖޭ ދެވަރަކޮންޑާ މިއަދު ކާވެނިކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ރަޝްމިކާ އަކީ އިންޑިއާ އާއި މިސަރަހައްދުގެ އެންމެންގެ ކްރަޝްއެކެވެ. އޭނާގެ ރީތިކަމާއި ހުނަރުގެ ސަބަބުން ގިނަ ބައެއްގެ ތަރުހީބު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ލިބިފައެވެ. އަދި އެކި އެކި އެވޯޑްތައް ވެސް ވަނީ ލިބިފައެވެ.
ވިޖޭ ދެވަރަކޮންޑާއަކީ ވެސް ޓެލެގޫ ފިލްމުތަކުން ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އުމުރުން 36 އަހަރުގެ އެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. ކާވެނީގެ ފޮޓޯތަކާއެކު ރަޝްމިކާ ކާވެނިކުރިކަން ދުނިޔެއަށް އިއުލާން ކުރަން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ޙަޤީޤީ ލޯބި ދަސްވެއްޖެ ކަމަށާއި، މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ލޯބިވާ މީހާ ލިބުމަކީ ބަޔާންކުރަން ވެސް ނޭނގޭ އުފަލެއް ކަމަށެވެ.
ރަޝްމިކާގެ ރީތިކަމަށް ލިބޭ ތައުރީފުތަކަށް ނިމުމެއް ނެތެވެ. ބައެއް މީހުން އޭނާއަށް ކާވެނީގެ މަރުޙަބާ ކިޔަމުންދާއިރު، އަނެއް ބަޔަކު އެކަމާ ހިތާމަކުރާ ކަމަށް ބުނަމުން ގެންދެއެވެ. އެއީ އެމީހުންގެ ކްރަޝް އެހެން މީހަކަށް ލިބުނީތީ އެވެ.
ކިޔުންތެރިންގެ ހިޔާލު