އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިން ރާއްޖެއަށް ލިބިދާނެ ގެއްލުމަކާއި ނުރައްކަލަކުން ސަލާމަތްވުމަށް މަސައްކަތް ކުރާނެ ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
މި ކޮމިޓީ އެކުލަވާލި ނަމަވެސް އެއްވެސް ތަނަކަށް އަސްކަރީ މަނަވަރެއް ފޮނުވުމުގެ ރޭވުމެއް އޮތްކަން ސާފެއް ނުވެއެވެ. އެހެން ނަމަވެސް ދިފާއީ ވުޒާރާއިން ކުރިން ބުނެފައިވަނީ ފޯޅަވަހި ސަރަޙައްދުގެ ކަނޑު ބެލެހެއްޓުމަށް މަނަވަރު ފޮނުވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
- ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ހޯމް މިނިސްޓަރު އަލީ އިހުސާން
ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ކޮމިޓީގެ ބޭނުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ކިޔުންތެރިންގެ ހިޔާލު