ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ނުހިންގަވާނެ: ރައީސް އޮފީސް

ޝާން މުޙައްމަދު | 29 މާރިޗު 2026 | ޚަބަރު

ކައިވެނިން ބޭރުން ރައީސް މުހައްމަދު މުއިއްޒު އެއްވެސް ގުޅުމެއް ނުހިންގަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިގޮތަށް ބުނީ އެ އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާއެކު ރައީސް މުއިއްޒު ކައިވެނިން
ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު ކޮށްފައި ވަނިކޮށެވެ. އެގޮތުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި އަންހެނަކު ވަނީ ރައީސް އާއި ކައިވެނިން ބޭރުން ނަހަމަ ގުޅުމެއް ހިންގެވި ކަމަށް ބުނެފައެވެ.

މީސްމީޑިއާގައި މި އިންޓަވިއުގެ ވީޑިއޯ ވަރަށް ބޮޑަށް ދަނީ ދައުރުވަމުންނެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ދަނީ ރައީސް އަދި ސަރުކާރު ހިންގާ ޕީއެންސީ އިން މިކަމަށް ޖަވާބުދާރީ ވުމަށް ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ފަރާތްތަކުންވެސް ދަނީ މި ވީޑިއޯއާ
އި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދަދު ނޫހުން އާންމުކުރި މި ވީޑިއޯގައި އިންޓަވިއު ދެމުން އަންހެންމީހާ ބުނާ ގޮތުގައި އޭނާ ވަނީ ރައީސް އާއި އެކީގައި ރައީސް އޮފީހުގެ ތެރޭގައި ގުޅުން ހިންގާފައެވެ. އަދި މިކަން ކުރީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. ގާތް ގަނޑަކަށް 6 މަސް ވަންދެން މި ގުޅުމެއް ހިންގި ކަމަށާއި މި މުއްދަތުގައި ރައީސްގެ ފަރާތުން ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބުނު ކަމަށް ވެސް އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.