ފަހި ދިރިއުޅުމުގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ސައިލެންޓް ކެމްޕެއިނެއް

މިލައުތުރު | 1 އޭޕްރީލް 2026 | ޚަބަރު

ހިޔާ ފްލެޓްތަކުގެ ދެ އަހަރު ދުވަހުގެ ކުލި ކަނޑާލުން ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ދައުލަތުން ފައިސާ ދިނުމަކީ އިންސާފެއް ނޫނެވެ. އެގޮތުން ފަހިދިރިއުޅުމުގެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ދޯދި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނާގޮތުގައި އެފަދަ ލުޔެއް އެންމެ ހައްޤު އެއް ބަޔަކީ އެމީހުން ކަމަށާއި، ހިޔާ ފްލެޓްތަކަށް ކުރި ޚަރަދު އެތަންތަން ކުއްޔަށް ދީގެން ހޯދާ ހަމަކުރިތާ މާ ފަހުން ދެން އެމީހުންނަށް އެވަރުގެ ބޮޑު މާލީ އެހީއެއް ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.

ދޯދި ޓަވަރެއްގައި ދިރިއުޅޭ ފަރާތަކުން މަޢުލޫމާތު ދިންގޮތުގައި އެތަނުގައި ވެސް ދިރިއުޅެން ފެށުމަށްޓަަކައި ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެގޮތުން ބަދިގެ ވެސް އެއްކޮށް ހަދަންޖެހެއެެވެ. އަދި ވަނުމުގެ ކުރިން އެތައް ކަމެއް ރަނގަޅު ކުރަންޖެހެއެވެ. އަދި ފިނިޝިން މަސައްކަތުގެ ފެންވަރު ދަށްކަމުން ކިތަންމެ ކަމެއް ރަނގަޅު ކުރަންޖެހޭ ކަމަށެވެ.

އިތުރު މީހަކު ބުނިގޮތުގައި ހިޔާ ފްލެޓެއްގެ ކުއްޔަކީ ވެސް 7،000 ރުފިޔާ ކަމަށާއި، ފަހިދިރިއުޅުމުގެ ފްލެޓެއްގެ ކުއްޔަކީ 10،000 ރުރިޔާ ކަމަށެވެ. އެހެންކަމުން ވަރަށް ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށާއި، އެމީހުން ސައިލެންޓް ކެމްޕެއިނެއް ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.