ށ. ގޮއިދޫ މިސްކިތުގެ އިމާމާއި ގުޅޭ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ބަލަނީ

މިލައުތުރު | 1 ޖޫން 2026 | ޚަބަރު

ށ. ގޮއިދޫ މިސްކިތުގެ އިމާމު އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްގެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށައިފި އެވެ.

ފުލުސް އޮފީހުގެ ރަސްމީ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލައެއް، 2026 މެއި 27 ވަނަ ދުވަހު ށ. ގޮއިދޫއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ ފެތުރި މައްސަލައާއި އެ ވީޑިއޯގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ށ. ގޮއިދޫގައި ހުރި ހަމައެކަނި މިސްކިތުގެ އިމާމާއި ގުޅޭ މައްސަލައެކެވެ. އަދި އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އަމިއްލައަށް ސޯޝަލް މީޑިއާ ގުރޫޕަކަށް ފޮނުވި މައްސަލައާ ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.