ދިވެހިރާއްޖޭގައި މީސް މީޑިއާ ބޭނުންކުރެވޭ އެންމެ ހަގު އުމުރަކީ 16 އަހަރު ކަމަށް ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީސް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް ވަރަށް ގިނަ މައްސަލަތަކަކާ ކުރިމަތިވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސައިބަ-ބްލީން އާއި ގްރޫމިން ފަދަ އެތައް ކަމަކާއި އުމުރާ ނުގުޅޭ ފަދަ އެތައް ނޭދެވޭ ކަމެއް މީސް މީޑިއާގެ ސަބަބުން ކުރިމަތިވަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖެ އަކީ އިސްލާމީ ގައުމަކަށްވާތީ މިފަދަ ކަންކަމުން ކުދިން ދުރުހެލިކޮށް، ރައްކާތެރި މާހައުލެއް ހޯދައި ދޭން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ މީސް މީޑިއާގެ ކަނޑައެޅޭ ވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނޑައެޅުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ގަސްތުކުރާ ކަމަށެވެ.
ރާއްޖެއިން މިފަދަ މަސައްކަތެއް ކުރަން ނިންމި އިރު ދާދި ފަހުން އޮސްޓްރޭލިިއާގައިވެސް ވަނީ 16 އަހަރުން ދަށުގެ ކުރިން މީސް މީޑިއާ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު