ށ. ނޫމަރާ ކައުންސިލުން ގެދޮރުވެރިކަމާބެހޭ ވުޒާރާއާއި ބައްދަލުކޮށްފި.

މިލައުތުރު | 22 ޖޫން 2026 | ޚަބަރު

ށ. ނޫމަރާ ކައުންސިލުން ފަރާތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓާއެކު މަޝްވަރާކޮށްފި އެވެ.

މި ބައްދަލުވުން އޮތީ 21 ޖޫން 2026 ގައި ކަމަށް ނޫމަރާ ކައުންސިލުން ބުނެއެވެ. މި ބައްދަލްވުމުގައި ރަށުގައި މިވަގުތު ކުރިއަށްދާ އެ ވުޒާރާ އާއި ގުޅުންހުރި މަޝްރޫޢުތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައި ވެއެވެ.

Advertisement

އޭގެތެރޭގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއި، ފަތާފެންގަނޑާއި، އޮޑިއެހެލާތަނެއް ހެދުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢާ ބެހޭގޮތުން މަސްވަރާތައް ކޮށްފައި ވެއެވެ. އަދި މީގެ އިތުރުން RTL ނޫމަރާ ހިމެނޭ ރޫޓްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ވެސް ވުޒާރާއާއި ހިއްސާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.